- Advertisement -ad image

ވިލިގިލިން ތިން ކުއްޖަކު ހޯއްގޮވާ ކެއްސުން ބައްޔަށް ޕޮޒިޓިވް ވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޓޫސިސް (ހޯއްގޮވާ ކެއްސުން) ބައްޔަށް ގއ. ވިލިގިލިން ތިން ކުޑަކުދިން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނެއްގައި ވަނީ، މި ބައްޔަކީ ރާއްޖެއިން ކޮންޓްރޯލް ކުރެވިފައިވާ ބައްޔެކެވެ. ނަމަވެސް ބަލީގެ ކޭސް ރާއްޖެއިން ވަރަށް މަދުން ފެންނަކަމަށެވެ.

އެ ކޭސްތައް ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެ ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށް ކަމަށެވެ. އެހެންކަމުން ހަތް އަހަރު ނުވާ ކުދިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ކުދިން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އެ އޭޖެންސީން އިލްތިމާސްކުރެއެވެ. ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒަކުން ވެކްސިން ޖެހޭނެކަން އެޗްޕީއޭއިން ފާހަގަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ