- Advertisement -ad image

ކަޅުވަކަރު މިސްކިތާއި ޖެހިގެން އޮންނަ ޕާކު ވަގުތީ ގޮތުން ބަންދުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ކަޅުވަކަރު މިސްކިތް ހުންނަ ޕާކުގެ ތެރޭގައި ކަޅުއޮށްފުންމި ބެހެއްޓުމުގެ މަސައްކަތް ކުރުމަށް އެ މިސްކިތާއި ޖެހިގެން އޮންނަ ޕާކު ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ނެރުނު އިއުލާނެއްގައި ބުނީ ކަޅުވަކަރު މިސްކިތާއި ޕާކު ސަރަހައްދުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށް މާދަމާ އިން ފެށިގެން އެތަން ބަންދުވާނެ ކަމަށެވެ. އެ މަސައްކަތް ނިންމުމަށް ފަހު އަންނަ މަހު އެތަން އަނެއްކާވެސް އާންމުންނަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ކަޅުއޮއްފުންމި އަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.

މިހާރު ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދަށް ގެންނަނީ އުތީމު މަހާރަދުން ބެންނެވި މި އޮޑިކޮޅުގެ ނަކަލެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ

This will close in 5 seconds