- Advertisement -ad image

ދިވެހި ފަންނާނުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ: ފައިސަލް

ad image

ގުޅުންހުރި ލިޔުންތައް


ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް މި ސަރުކާރުން ނުކުރައްވާނެކަމަށާއި، ސަރުކާރުން މަސައްކަތްކުރައްވާނީ ފަންނާނުންގެ ކުރިއެރުމަށްކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ، ދިވެހި ފަންނާނުންނަށް ލިބޭ ފުރުސަތުތައް މަދުކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.

ފައިސަލް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ސަރުކާރެއްކަމަށެވެ. އަދި މިހާރުވެސް މަސައްކަތްކުރަމުންދަނީ އެ މަގުންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ފައިސަލް ވިދާޅުވީ ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ފަންނާނުގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ