ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ދ. މީދޫ / ދުނިބުރިމާގެ މަރްޔަމް ރާމިޒާ ކަމަށެވެ. 36 އަހަރުގެ ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ހާއިރު އޭނާ ދިރިއުޅެމުން އައި ވ. ލަކީސްޓޮޕުން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ އަންހެން މީހާ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 8:37 އާއިރު ކަމަށެވެ. ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ.
ރާމިޒާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9833000 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.