މަކަރާއި ހީލަތާއި ގުޅޭ މައްސަލައެއްގައި ހިމެނޭ އިންޑިޔާއަށް ނިސްބަތްވާ ބިދޭސީއެއް ފުލުހަށް ހާޒިރުވުމަށް އިއުލާން ކޮށްފި އެވެ.
ސައި ތެޖާ މެދަރަމެޓްލާ ނަމަކަށް ކިޔާ މި މީހާ ފުލުހުން ހޯދަމުން ދަނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.
އަދި މި މީހާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާ އިއުލާންކޮށްފަ އެވެ.
އެހެންކަމުން 2024 ފެބްރުއަރީ 3 ވަނަ ދުވަހުގެ 14:00އަށް ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ސައި ތެޖާ މެދަރަމެޓްލާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާ އިއުލާންކޮށްފަ އެވެ.