- Advertisement -ad image

މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކުގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި މީހާ ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ. 

އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

މި ހާދިސާގައި މަރުވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަދި މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ