- Advertisement -ad image

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ސަރުކާރު ހިންގާ ޕީއެންސީ

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކީ ސަރުކާރު ހިންގާ ޕާޓީ — ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާންކޮށްފި އެވެ.

މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި 13 މެމްބަރަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕީއެންސިއަށް ސޮއިކޮށްފައިވާއިރު، މިހާރު ޕީއެންސީގައި ޖުމްލަ 14 މެމްބަރުން ތިއްބަވާ ކަމަށް ރިޔާސަތުގައި ހުންނެވި، މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވަނީ އިއުލާނު ކުރައްވާފައެވެ. އެއީ ފަހުން ޕީއެންސީއާއި ގުޅިވަޑައިގަތް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ނުލައެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ މި ދެ މެންބަރުން ޕާޓީ ބަދަލުކުރެއްވި ނަމަވެސް މަޖިލީހުގައި އެކަން އިއުލާންކުރުމަށް ބޭނުންވާ ލިޔެކިޔުންތައް އޭރު މަޖިލީހަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ޕާޓީ ބަދަލުކުރެއްވި 12 މެންބަރެއްގެ ނަން މިއަދު އިއުލާން ކުރި ފަހުން ޝަރީފާއި ހަސަންގެ މައުލޫމާތުތައް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

އަސްލަމް ވިދާޅުވީ، 15 މެމްބަރުން ޕީއެންސީގައި ތިބުމާއި އެކީ މިވަގުތު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީއެންސީ ކަމަށާއި މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެމްބަރު، މޫސާ ސިރާޖު ކަމަށެވެ. 

މަޖިލީހުގައި މިއަދު ކުރި އިއުލާނާ އެކު އަދި މަވޯޓާ ޝަރީފާއި ހަސަންޓޭ ހިމަނައިގެން ޕީއެންސީގައި މިހާރު ތިއްބެވީ 16 މެންބަރުންނެެވެ. އެމްޑީޕީގައި ތިއްބެވީ 42 މެންބަރުންނެވެ. އަދި މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި މީގެ ކުރިން އޮތް ޑިމޮކްރެޓްސްގައި ތިއްބެވީ 13 މެމްބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ