- Advertisement -ad image

އިހުތިޖާޖާ ގުޅިގެން މިރޭގެ ޖަލްސާވެސް އަދި ނުފެށޭ!

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެންބަރުން މަޖިލީހުގެ ޗެމްބަރުގައި ކުރަމުންދާއިހުތިޖާޖާ ގުޅިގެން މިރޭގެ ޖަލްސާވެސް އަދި ނުފެށެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް މިއަދު ހެނދުނުވެސް ބާއްވަން މަސައްކަތް ކުރިއެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރަޓްސްއަށް ނިސްބަތްވާ މެންބަރުން ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަން ހާމަކޮށް ވިޕެއް ނެރުނު ހިސާބުން ސަރުކާރު ކޯލިޝަނުގެ މެންބަރުން ދިޔައީ ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށް އިހުތިޖާޖު ކުރަމުންނެވެ. އެހެންކަމުން މެންދުރު 13:30 ގައި ވޯޓަށް އެހުމަށް ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ނެގެންދެވިގެން މެދުކަނޑާލުމަށް ފަހު މިރޭ 20:00 ޖަހާއިރަށް ޖަލްސާއެއް ތާވަލުކޮށް އެޖެންޑާ ކުރިއެވެ.
އެހެންނަމަވެސް ސަރުކާރު ކޯލިޝަނުގެ މެންބަރުން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މިރޭގެ ޖަލްސާވެސް އަދި ވަނީ ނުފެށިއެވެ.
މިވަގުތުވެސް ގިނަ ބަޔަކު ދަނީ މަޖިލިސްކުރާ ގެ ކައިރިއަށް އެއްވެ މަޖިލީހުގެ ރައީސް އަސްލަމްގެ އިސްތިއުފާ އަށް ގޮވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ