- Advertisement -ad image

ބިލަބޮންގް ހައި ސްކޫލް ކައިރީގައި ހުރީ ސްޓެލްކޯ އާއި ގުޅުންހުރި ފޮއްޓެއް ނޫން: ފަހްމީ

ad image

ގުޅުންހުރި ލިޔުންތައް

ބިލަބޮންގް ހައި ސްކޫލް ކައިރީގައި ޕޭވްމަންޓަށް ވާގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރ ފޮއްޓަކީ ސްޓެލްކޯ އާއި ގުޅުންހުރި ފޮއްޓެއް ނޫންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ބިލަބޮންގް ހައި ސްކޫލް ކުރިމަތިން ބަނޑޭރި ކޮއްޓާ ވީ ފަޅިން އަމީނީ މަގަށް ލަބާލާ ކަންމަތީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރ ފޮށީގެ ސަބަބުން އާންމުންނަށް ހިނގާބިނގާވެ އުުޅުމަށް ދަތިވެ މީގެކުރިންވެސް އެތައް ފަހަރަކު މަތިން ވަނީ ޝަކުވާ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް މިއީ ކޮން ބަޔަކު އެތަނުގައި ބެހެއްޓި ފޮއްޓެއްކަން ދެނެގަނެވިފައެއް ނުވެއެވެ.

“އެކްސް”ގައި ފަހުމީ ކުރެއްވި ޕޯސްޓްގައި ވަނީ މަގާމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ކުރި މަސައްކަތުން ސްޓެލްކޯއާއި ގުޅުންހުރި އާންމުންނަށް ދައްޗަކަށްވެފައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީގެން ހައްލު ހޯދާ ދެއްވާފައިކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މާވެޔޮ މަގުގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރު އެތަނުން ނެގުމާއި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތުގެ އިތުރުން، ބޮޑު ތަކުރުފާނު މަގުގައި ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފަހުމީ ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ފަހުމީ ވަނީ ސްޓެލްކޯއަކީ ރައްޔިތުންނާއި އެންމެ ގާތުން، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ އަދި ރައްޔިތުންގެ ލޯބި ލިބިފައިވާ ކުންފުންޏަކަށް ހަދާނެކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ