- Advertisement -ad image

އެޓަރނީ ޖެނެރަލް އުޝާމަށް ރުހުމެއް ނުދިން

ad image

ގުޅުންހުރި ލިޔުންތައް


އެޓާރނީ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ އަލްއުސްތާޒު އަހުމަދު އުޝާމަށް ރުހުން ނުދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު 13:30ގައި ކުރިއަށް ގެންދިޔަ ޖަލްސާގައި އުޝާމު އެޓާރނީ ޖެނެރަލްގެ މަގާމުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް ވަނީ 44 މެންބަރުން ވޯޓުދީފައިވެއެވެ. އަދި އުޝާމަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓުދިނީ 24 މެންބަރުންނެވެ. ވަޒީރަކަށް ރުހުން ލިބެނީ މަޖިލީހުގެ 35 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

އުޝާމަށް ރުހުން ނުދޭނެ ކަމަށް އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރަޓްސް އިން ވަނީ މީގެ ކުރިންވެސް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ