- Advertisement -ad image

މިސަރުކާރުގެ އެންމެ ހީވާގި ވަޒީރު ޝަހީމަށް ވެސް ރުހުމެއް ނުދިން

ad image

ގުޅުންހުރި ލިޔުންތައް


އިސްލާމިކް މިނިސްޓަރު ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޔަނުކޮށްފައިވާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ވަޒީރުންނަށް ރުހުން ދިނުނަށް މިއަދު 13:30ގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ޝަހީމަށް ރުހުން ނުދިނުމަށް 30 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ޝަހީމަށް ރުހުން ދިނުމަށް 31 މެންބަރުން ވޯޓުދެއްވިއިރު ވަކިކޮޅަށް ވޯޓު ނުދެއްވާ 8 މެންބަރަކު ތިއްބެވިއެވެ.

ވަޒީރަކަށް ރުހުން ލިބޭނީ މަޖިލީހުގެ 35 މެންބަރުންގެ ވޯޓު ލިބިގެންނެވެ. ޑރ ޝަހީމް ފާހަގަ ކުރެވެނީ ވަޒީރު ކަމާ ހަވާލުވެވަޑައިގެން އިސްލާމްދީނުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ނުހަނު ހަލުވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން މަސައްކަތް ހުއްޓިފައިވާ މިސްކިތްތަކުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެސް ވަނީ ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި އިފުތިތާހު ކުރައްވާފައެވެ.

މަޖިލީހުން ރުހުން ނުދޭނެ ކަމަށް ފާސްކުރުމުން ޑރ ޝަހީމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ޞާލިޙު ނޫނީ ރާއްޖެ ދެކެފައި ނުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ