- Advertisement -ad image

ޕްލާސްޓިކު ހުރި ޓޮބްލެރޯން ޗޮކްލެޓް ރާއްޖެއަށްވެސް، ސަމާލުވޭ!

ad image

ގުޅުންހުރި ލިޔުންތައް

ގިނަ ބަޔަކަށް ކަމުދާ ޓޮބްލެރޯން ޗޮކްލެޓުގެ ޕްލާސްޓިކުން ތަޢައްޔަރުވެފައިވާ ބެޗެއް ރާއްޖެ އެތެރެވެފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ޕްލާސްޓިކް ތަޢައްޔަރުވެފައިވާ ސްވިޒަލޭންޑްގައި އުފައްދާ ޓޮބްލެރޯންގެ މިލްކް ޗޮކްލެޓ ރާއްޖެ އެތެރެވެފައިވާކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯރ ފުޑް އެންޑް ފީޑް އިން (އާރްއޭއެސްއެފްއެފް) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކ މެދުވެރިކޮށް އަންގާފައިވާ ކަމަށެވެ.

ޕްލާސްޓިކް ހުރި ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ ޓޮބްލެރޯން މިލްކް ހަނީ، އަލްމަންޑް ނޫގާ އަދި ޓޮބްލެރޯން މިލްކް ޗޮކްލެޓް އިންނެވެ. 

ތަޢައްޔަރުވެފައިވާ މިފަދަ ޗޮކްލެޓެއް ކައިފިނަމަ ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. 

އެހެންކަމުން ޓޮބްލެރޯންގެ ބުނެފައިވާ ބާވަތުގެ ޗޮކްލެޓް ދިވެހިރާއްޖެ އެތެރެނުކުރުމަށާއި، ނުވިއްކުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ ޓޮބްލެރޯން މިލްކް ހަނީ، އަލްމަންޑް ނޫގާ ގެ މުއްދަތު ހަމަވާ ތާރީހަކީ 2 ޑިސެމްބަރ 2024 އެެވެ. އަދި މިލްކް ޗޮކްލެޓް އުފައްދާފައިވަނީ 1 ސެޕްޓެމްބަރ 2023 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ