- Advertisement -ad image

ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ކެނޑިޑޭޓުންނާ ރައީސް ބައްދަލުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޓިކެޓް ހޯއްދެވި ކެނޑިޑޭޓުންނާއި އެ ކޯލިޝަންގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

މާޗުމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ބޭފުޅުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާފައިވަނީ މިދިޔަ ހޮނިހިރުދުވަހުއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 3 ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ޕީޕީއެމް ޕީއެންސީން ވާދަކުރުމަށް ނިންމާފައިވެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް 75 މީހަކު ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކަށަވަރުކޮށްފައެވެ. އަދި 15 މީހަކު ވަނީ ޕްރައިމަރީއަކާއި ނުލައި ޓިކެޓް ކަށަވަރުކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޕީޕީއެމް ޕީއެންސީގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

ނަމަވެސް މި ބައްދަލުވުމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ