- Advertisement -ad image

ދިވެހި މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރިކަމުގެ އަޑުތަކެއް!

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ ސިފައިންގެ ބަޔަކު ރާއްޖޭގެ މަސް ދޯންޏަކަށް އަރާފައިވާ ކަމަށް ބެލެވޭތީ އެމްއެންޑީއެފުން އެކަން ބަލަން ފަށައިފިއެވެ.
މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.

އަދި އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުން ދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް އިންޑިއާ ސިފައިން އަރާފައިވަނީ “އަސުރުމާ 3” ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެ ދޯންޏަކީ އދ. މަހިބަދޫއަށް ނިސްބަތްވާ ދޯންޏެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ