- Advertisement -ad image

ވިނަރެސް މަޝްރޫއުއިން ފްލެޓު ގަނެފައިވާ ފަރާތްތަކަށްވެސް ބޮޑެތި ލުއިތަކެއް!

ad image

ގުޅުންހުރި ލިޔުންތައް


ވިނަރެސް މަޝްރޫއުއިން ފްލެޓު ގަނެފައިވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.
ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ “ލީސްޓް އޯން މޮޑެލްގެ” އިންޓްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ބަދަލުކުރުމުގެ އިތުރުން ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 އިންސައްތަ ކުޑަކުރެވި، ކުޑަކުރެވުނު 50 އިންސައްތަ ފްލެޓްގެ އަގުން އުނިކުރެވިފައިވާ ކަމަށެވެ.
މިއާއެކު ޑައުންޕޭމަންޓް ދެއްކުމަށް ދީފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެޗްޑީސީން ހާމަކުރެއެވެ.
އަދި މީގެ އިތުރުން، 6 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ މިހާރު ވަނީ ކުޑަކުރެވިފައި ކަމަށާއި މި ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިބަދަލާއެކު ވިނަރެސް މަޝްރޫއިން ފްލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރާއި އަގު އަދާކުރާ އުސޫލުން ފްލެޓް ގަނެފައިވާ ފަރާތްތަކަށްވެސް މި ލުއިތައް ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

އެގޮތުން ބޭންކް ލޯނަށް މަހަކު އެވުރެޖްކޮށް ދައްކަންޖެހޭ ކަމަށް ލަފާކުރެވޭ އަދަދުން 4،200 ރުފިޔާ އެވުރެޖްކޮށް ކުޑަވާނެ ގޮތަކަށް ފްލެޓްގެ އަގުން ޑިސްކައުންޓް ދިނުމަށްވެސް އެ ކޯޕަރޭޝަނުން ނިންމާފައިވެއެވެ. އަދި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް ފްލެޓްގެ އަގުންވެސް އެވަރުގެ ޑިސްކައުންޓެއް ދޭން އެޗްޑީސީން ހަމަޖައްސާފައިވެއެވެ.

މީގެ އިތުރުން މިހާތަނަށް ލޯނު ހަމަޖައްސައިގެން ފައިސާ ދައްކާފައިވާ ފަރާތްތަކަށާއި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކޮށްފައިވާ ފަރާތްތަކަށް ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ. އަދި ފްލެޓްގެ ޑައުންޕޭމަންޓްގެ އަގު 50 އިންސައްތަ އަގުން އުނިކުރެވި އަދި އަގުއަދާކޮށްފައިވާ ފަރާތްތަކަށް މިޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް އެޗްޑީސީން މިވަގުތު ދަނީ ކުރަމުންނެވެ.

މިބަދަލާ ގުޅިގެން އެގއރީމަންޓަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
“ މި ކޯޕަރޭޝަކީ އަބަދުވެސް ރައްޔިތުންގެ ލާބައާ މަންފާއަށް މަސައްކަތްކޮށް ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތްކުރާ ކުންފުންޏެއްކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ. އަދި ވިނަރެސް މަޝްރޫއިން ފްލެޓް ބައްލަވައިގަތް ފަރާތްތަކުގެ ޝަކުވާތަކާއި މައްސަލަ ބަލައިގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ” އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ