- Advertisement -ad image

ދިވެހި ޢުމްރާވެރިންގެ މައްކާ، މަދީނާ ދަތުރު ހައިސްޕީޑް ރޭލުގައި ކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ޢުމްރާ ދަތުރުތަކުގައި ދިވެހި ޢުމްރާވެރިން ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމައިން ހައިސްޕީޑް ރޭލު ބޭނުންކުރަން ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

ޙައްޖުކޯޕަރޭޝަނުން ބުނީ ޢުމްރާ ދަތުރުތަކުގައި މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމައިން ހައިސްޕީޑް ރޭލް ބޭނުންކުރަން ނިންމާފައިވަނީ ޢުމްރާ ދަތުރުތަކާ ގުޅުންހުރި ޚިދްމަތްތައް ލުއިފަސޭހަ، ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މި ދަތުރުތައް ރޭލުގައި ކުރުމަށް ނިންމި ނަމަވެސް މިހާރު ޢުމްރާގެ ދަތުރަށް ނަގަމުންދާ އަގު، އިތުރަށް ބޮޑުނުކުރާނެކަމަށްވެސް ޙައްޖުކޯޕަރޭޝަނުން ވިދަޅުވެއެވެ.

މީގެ ކުރިން ޢުމްރާވެރިން މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ކުރާ ބަސް ދަތުރުތަކަކީ ގާތްގަނޑަކަށް 6 ނުވަތަ 8 ގަޑިއިރުގެ ދަތުރުތަކެކެވެ. މައްކާއާއި މަދީނާއާ ދެމެދު ކުރާ ރޭލު ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް 2 ގަޑިއިރު ނުވަތަ 2ގަޑިއިރާއި 20 މިނެޓެވެ.
މަދީނާއާ ދެމެދު ދަތުރުކުރާ މި ރޭލްތަކަކީ ޖާގަ ތަނަވަސް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭ ދަތުރުފަތުރުގެ ނިޒާމެކެވެ. ރޭލުގައި ދަތުރުކުރަން ހަމަޖެހުމާއެކު ދިވެހި ޢުމްރާވެރިން ކުރިން ކުރަމުންއައި ދަތުރުގައި ތަހައްމަލުކުރަމުންދިޔަ ބުރައަށް ވަރަށްބޮޑު ލުޔެއް ލިބޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ދެކެއެވެ.

ކުރިން މިފަދަ ދަތުރުތައް ކުރީ ވަރަށް ގިނަވަގުތު ބަހުގައި ހޭދަކޮށްގެންކަމަށް ވުމުން ޢުމްރާވެރިންގެ މެދުގައި ފަސޭހައިން ހުމާއި ރޯގާ ފެތުރުމާއި ދަތުރުމަތީގައި ނަމާދުކުރުމަށާއި ފާޚާނާކުރުމަށް ދަތިވުމާއި ކެއުންބުއިމަށް މަޑުކުރަންޖެހޭ ތަންތަނުގެ ސާފުތާހިރުކަން ކުޑަވުންފަދަ އެތައް މައްސަލައެއް ދިމާވާކަމަށް ޙައްޖުކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ރާއްޖެއިން ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިއުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމާއެކު ފެންވަރު ރަނގަޅު، ލުއިފަސޭހަ ޚިދްމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސް، ޑރ.މުޢިއްޒުގެ ވަރަށް ބޮޑު ތަސައްވަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ