- Advertisement -ad image

މަޖިލިސް އިންތިހާބު: 255 މީހުން ރީ-ރަޖިސްޓްރީ ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މާޗް މަހުގެ 17 ވަނަ ދުވަހ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް މިހާތަނަށް 255 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ވައިޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

“އެކްސް”ގައި ހަބީބް މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ މި އިންތިހާބާއި ގުޅުވައިގެން މިހާތަނަށް 317 މީހުން ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެތަނުން ރީ-ރަޖިސްޓްރީ ކުރެވުނީ 255 މީހުންކަމަށާއި ބާކީ ތިބި 62 މީހުންގެ ހުށަހެޅުން ބަލައިނުގަންނަ ކަމަށް ހަބީބް ވަނީ ވިދާޅުވެފަ އެވެ.

ބަލައިނުގަންނަން ނިންމި ހުށަހެޅުންތަކުގެ 80 އިންސައްތައަކީ ކުރިން ވެސް ރަޖިސްޓަރީ ކޮށްފައިވާ ތަނަށް އަނެއްކާވެސް ހުށަހެޅި ހުށަހެޅުން ކަމަށް ހަބީބް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ހަބީބް ވަނީ ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ކުރިން ރަޖިސްޓްރީވެފައިވާ ތަން ޗެކްކުރުމަށް އެދިލައްވާފަ އެވެ.

“އަދި ރީރަޖިސްޓަރީ ކުރާއިރު ނަގާ ފޮޓޯ އަކީ ލައިވްކޮށް ވަގުތުން ނަގާ އެމީހެއްގެ ފޮޓޯ އަކަށް ހެއްދެވުން އެދެން. ފޮޓޯ އަކުން ނަގާ ފޮޓޯ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރާނެ.” ހަބީބް ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގައި

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ