- Advertisement -ad image

ނަލަހިޔާ ހޮޓަލުން ދުން އަރާތީ ސިފައިން ހަރަކާތްތެރިވަނީ

ad image

ގުޅުންހުރި ލިޔުންތައް


ނަލަހިޔާ ހޮޓެލްގެ ފުރަތަމަ ފަންގިފިލާއިން ދުން އަރާތީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 18:22 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެއީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ސައުނާ ހުރި ސަރަހައްދުން އަރަމުންދާ ދުންކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި އެ ފަންގިފިލާގައި ދުން ވަރަށް ބޯވެފައިވާތީ، ދުންތައް ބޭރުކުރުމަށް ފަޔަރ ފައިޓަރުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

އެ ފަންގިފިލާގައި ކަރުދާސްފޮށި ފަދަ ތަކެތި ރައްކާކޮށްފައި ހުރިއިރު، އެ ކަރުދާސް ފޮށިތަކުގައި ކޮންމެވެސް ވަރަކަށް އަލިފާން ހިފާފައި ހުރުމުން، ފަޔަރ ފައިޓަރުން ގޮސް، އެތަނަށް ފެން ޖަހައި، ރޯވަމުންދިޔަ އަލިފާން ވަނީ ނިއްވާލާފައެވެ. ނަމަވެސް، އެ ފަންގިފިލާގައި އަދިވެސް ދުން ބޯވަމުންދާތީ، ދުން ބޭރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ދަނީ ކުރަމުންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ