- Advertisement -ad image

ޒަމާނީ ފެންވަރުގެ މާރުކޭޓެއް އެޅުމުގެ މަސައްކަތް އޭޕްރިލްގައި ފަށާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

މާލޭ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ބަދަލުގައި  ބަދަލުގައި މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި އެންމެ ޒަމާނީ ފެންވަރުގައި އަދި ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގެ ތަންތަނުގައި ހުންނަ ފަދަ މާރުކޭޓު އިމަރާތެއް އެޅުމަށް ސަރުކާރުން މިހާރުގެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ފަހިކޮށްދީފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ހއ.ބާރަށު، މަދޮށިމާގޭ، ޢަބްދުﷲ އިބްރާހީމް މަނިކު، މާރުކޭޓުގެ ޙާލަތާ އަދި ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާތީ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އެގޮތުން ރައީސް ޑރ. މުއިއްޒު ވަނީ، މާލޭ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަކީ އެންމެ އެކަށީގެންވާ ފެންވަރުގައި ހުރި ތަންތަނެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

އެހެންކަމުން އެތަނުގައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހިންގޭ ގޮތަށް ހަތަރު ބުރީގެ ޒަމާނީ މާރުކޭޓެއް އެޅުމާއި، އެތަނުގެ ބޭސްމަންޓުގައި ޕާކިންގ އަށް ޖާގަ ދެވޭގޮތަށް މަސައްކަތް އޭޕްރީލް މަސް ތެރޭގައި ފެށިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

“އެ ދެ މާރުކޭޓުގެ ބަދަލުގައި މިހާރު ލޯކަލް މާރުކޭޓު އެ ހުރިތަނުގައި އެންމެ ޒަމާނީ ފެންވަރުގައި، ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި މާރުކޭޓުތައް ހުންނަ ފެންވަރުގެ އިމާރާތެއް އަޅާފައި އެތަނުގައި މަސްމާރުކޭޓުވެސް އަދި ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާތަކެތި ވިއްކޭކަހަލަ ޖާގަވެސް ހިމެނޭގޮތަށް 4 ބުރީގެ މާރުކޭޓު އިމާރާތެއް އަޅަން،” ރައީސް ވިދާޅުވި އެވެ.

އެ އިމާރަތް ޤާއިމު ކުރެވުމުން މިހާރު ހުރި މައްސަލަތަކަށް ޙައްލު އަންނާނެކަމަށާއި، ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާ މައްސަލަ އެއްކޮށް ޙައްލު ކުރެވިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ