- Advertisement -ad image

އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ރާއްޖޭގެ އިޤްތިސާދު ފުޅާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު: މާޓިން

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ރާއްޖޭގެ އިޤްތިސާދު ފުޅާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ވޯލްޑް ބޭންކުން ސައުތު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ނައިބު ރައީސް މާޓިން ރެއިޒަރ ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކްގެ ޓީމުން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުފުޅުގައި އިއްޔެވަނީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ބައްދަލުވުމެއް ބާއްވާފަ އެވެ. 

މި ބައްދަލުވުމަށްފަހު މާޓިން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދާއިއެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލް މާޓިން ހިއްސާކުރައްވާފައެއް ނުވެއެވެ.

މާޓިން ކުރެއްވި ޕޯސްޓްގައި ވަނީ އިޤްތިސާދު ޑައިވަރސިފައި ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި އެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް ވިދާޅުވެފަ އެވެ.

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ވޯލްޑް ބޭންކްގެ ޓީމުން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރިއަށް ރޭވިފައި ހުރި ކަންކަމާ ގުޅޭ މައުލޫމާތާއި އަދި ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމަށް ނަގާނެ ފިޔަވަޅުތައް ދެނެގަތުންކަމަށާއި، ސަރުކާރުން ކުރަން ރާވާފައިވާ ބައެއް ކަންކަން ވޯލްޑް ބޭންކްގެ ޓީމާއި ހިއްސާކޮށްފައިވާނޭ ކަމަށް ވިދާޅުވެފަ އެވެ.

މާޓިން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަނީ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ތިމާވެށްޓައި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާވެސް ބައްދަލުކުރައްވާ މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ

This will close in 5 seconds