- Advertisement -ad image

އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް، އާއިލާއިން ބުނަނީ މީހުން ތިބީ ކުޅިބަލަން ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް

އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފިއެވެ.

މި މައްސަލަ އާއި ގުޅޭ ޕޯސްޓެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

އަންހެން މީހާގެ ވާހަކަ ހިއްސާ ކުރި އާއިލާ މީހާ ބުނިގޮތުގައި އޭނާގެ ދައްތައަށް އަނިޔާކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އަށެއް ޖަހާލާކަށް ހާއިރު އާޓިފިޝަލް ބީޗްގަ އެވެ. އަނިޔާ ލިބުނު އަންހެން މީހަކީ އަބަދުވެސް އާޓިފިޝަލް ބީޗަށް މޫދަށް ދާ އަންހެނެއް ކަމަށާއި، އަނިޔާ ކުރި ރޭވެސް އެ އަންހެން މީހާ ހުރީ ފަހަރި އާއި އެކުގައި އާޓިފިޝަލް ބީޗަށް މޫދަށް އެރެން ގޮހެވެ. 

ޕޯސްޓްގައި ވާގޮތުން އާޓިފިޝަލް ބީޗުގައި އަނިޔާކޮށްފައިވަނީ ދައްތަގެ ކުރީގެ ފިރިމީހާއެވެ. އަދި ދައްތައަށް އަނިޔާ ކުރަމުންދިޔައިރު އެތަނުގައި މީހުން ތިބީ ކުޅިބަލަން ކަމަށް އޭނާ ވަނީ ބުނެފަ 

“”އަހަރެންގެ ދައްތަގެ ކުރީގެ ފިރިމީހާ ކުއްލިއަކަށް އައިސް، ދައްތައަށް އަނިޔާ ކުރަމުންދިޔައިރު ބަލަން ތިބި މީހުންގެ ލަދު ކޮބާ. އޭނާ ވަނީ ދައްތަ ބިންމައްޗަށް ވައްޓާލާ ބަނޑާއި، ޖިންސީ ގުނަވަންތަކުގައިވެސް ޖަހާފައި”.

އެ ޕޯސްޓްގައި ވާގޮތުން އަނިޔާ ލިބުނު ދައްތައާއެކު ދިޔަ ފަހަރި ވެސް ވަނީ ހަޅޭއްލަވާ، އެކަން ހުއްޓުވުމަށް އާދޭސް ކޮށްފަ އެވެ. ނަމަވެސް އެއްވެސް މީހަކު އޭނާ ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވާކަމަށް ބުނެފައި ވެއެވެ.

އަދި އެކަން ހުއްޓުވަން މަސައްކަތް ކޮށްފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށާއި،  އޭރު ވެސް ކުރީގެ ފިރިމީހާ ދިޔައީ ދައްތައަށް އަނިޔާ ކުރަމުން ކަމަށް ބުނެފައި ވެއެވެ.

އަދި ދައްތަ 17 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުމަށްފަހު ވަރަށް ހިތްވަރުކޮށް، ކޯޓަށް ގޮސް އޭނާ ކައިރިން ވަރިވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ކައިވެނި ކޮށްގެން އުޅުނުއިރުވެސް ގެވެށި އަނިޔާކުރިކަމަށް ޕޯސްޓްގައި ވެއެވެ.

މި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތުތައްވެސް އެ ޕޯސްޓްގައި ހިއްސާކޮށްފައިވެއެވެ. އެގޮތުން އަނިޔާ ލިބުނު އަންހެން މީހާގެ ގޭގައި ހުރި މުދަލަށްވެސް ގެއްލުން ދީ އަންހެން މީހާ މަރަން ވެސް އިންޒާރުދިންކަމަށް ބުނެފައި ވެއެވެ.

އަދި މި މައްސަލަ ފުލުހުންނަށާއި ޖެންޑާއަށްވެސް ހުށަހަޅާފައިވާކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މިމަސް ސަލާމަށް ދުވަހަކުވެސް މިރާއްޖޭގައި ޙައްލެއް ނުވާނެ! ސަބަބަކީ ދެންވެސް ކުށްވެރިވާނީ އަނިޔާލިބުނު މީހާ! އަނިކާކުރިމީހާގެ ހައްގު ކަށަވަރުކުރަން ފޫގަޅަފައި ދުވާނީ! މިކަމަށް ސަރުއީ ނިޟާމްވެސް ވާނީ ފެއިލް ގިނަފަހަރު! އެ ގޯލާ ހުންނާނީ ހެވިލާފަ!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ