- Advertisement -ad image

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ad image

ގުޅުންހުރި ލިޔުންތައް

މިއަދު މާލެ ކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މެރިން ފުލުހުން ހާމަކުރިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ތިން ނަމްބަރު ޖެޓީ ކައިރީ ކަނޑު އޮޅިން ދަތުރުކުރަމުން ދިޔަ ދެ ލޯންޗެއް ޖެހިގެންނެވެ. 

މި ހާދިސާގައި އެކްސިޑެންޓްވި ޑްރީމް ސްޕީޑް-3 އިން ދަތުރުކުރި ފަސިންޖަރެއްގެ ފަޔަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި މެރިން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މެރިން ފުލުހުން ވަނީ ކަނޑުމަތީގެ ސަރަހައްދުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އަދި ހާއްސަކޮށް ޓްރެފިކް ބާރުބޮޑު ޒޯންތަކުން ދަތުރުކުރާއިރު، އުޅަނދު ކޮންޓްރޯލް ކުރެވޭނެ ސްޕީޑެއްގައި ދުއްވުމަށް ނަސޭހަތްތެރިވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ