- Advertisement -ad image

ފްލެޓުތަކާއި ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަނީ

ad image

ގުޅުންހުރި ލިޔުންތައް


ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ދޫކުރީ ނާޖާއިޒު ފައިދާއެއް ހޯދުމަށްތޯ ބަލައި، އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީން ނިންމައިފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރި ގޮތާ ގުޅޭގޮތުން އޭސީސީއަށް ހުށަހެޅި ޝަކުވާތަކުގެ ތަހުގީގެއް އެ ކޮމިޝަނުން ވަނީ ހިންގާފަ އެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީއިން ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 59 ޕަސަންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް ބުނެފަ އެވެ.

އަދި ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ކުރީގެ ސަރުކާރުން ފްލެޓް ދިނީ ނާޖާއިޒު ފައިދާއެއް ހޯދުމަށްތޯ ބަލާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެފައި ވެއެވެ.

އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ކޮމިޝަނުން ތަހުގީގުކުރި 4،048 ފޯމުގެ ތެރެއިން 59.6 ޕަސަންޓް ފޯމުގެ — ގާތްގަނޑަކަށް 2،400 ފޯމުގެ ޝަރުތު ހަމަނުވެ އެވެ.

ޝަރުތު ހަމަވި ނަމަވެސް 19.7 ޕަސަންޓް ފޯމުގައި މައްސަލަ ހުރި ކަމަށާއި އެގޮތުން މައުލޫމާތުގެ ފުށު އެރުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓްދިނުން ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނި ގޮތުގައި ފޯމުތަކުގެ ތެރެއިން ޝަރުތު ހަމަވަނީ 20.7 ޕަސަންޓް ފޯމުގަ އެވެ.

އެ ފްލެޓްތައް ދޫކުރުމަށް ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން އައި މީހުން އެ މަސައްކަތުން އެކަހެރި ކުރުމަށް ވެސް އެ މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށް ޝާމިލްވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގައި ކުރިން އުޅުނު މީހުން ހާޒިރުކޮށް، ތަހުގީގަށް މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމުގެ ކުށަކީ އޭސީސީގެ މެންޑޭޓަށް ފެތޭ ކުށެއް ނޫން ކަމަށާއި އެކަމަކު މަގާމުގެ ނުފޫޒު ފޯރުވައިގެން ނާޖާއިޒު ފައިދާ ހޯދުމަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތައް ކަމަށް ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ