ސްޓެލްކޯގެ ކަރަންޓް ވިއުގަ އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ މިއަދު ބައެއް ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓްލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރު ލޮނުޒިޔާރަތް މަގު އަދި އިރުދޭމާ ހިނގުން ހިމެނޭ ސަރަހައްދުން 7 މިއަދު ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
އަދި ހެންވޭރު ލޮނުޒިޔާރަތް މަގު އަދި ޖަނަވަރީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:00 އިން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ.
މީގެއިތުރުންވެސް ހެންވޭރު ލޮނުޒިޔާރަތް މަގު އަދި މޫންލައިޓް ހިނގުން ހިމެނޭ ސަރަހައްދުން ވެސް މިއަދުގެ މެންދުރު ފަހު 14:00 އިން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ.