- Advertisement -ad image

އިއްޔެގެ ނިޔަލަށް 11 މީހަކު މަޖިލީސް އިންތިހާބަށް ކުރިމަތިލާން ހުށަހެޅި: އީސީ

ad image

ގުޅުންހުރި ލިޔުންތައް

، ބުދަ ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 11 ފަރާތަކުން ކުރިމަތިލާފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ސްޕޯކްސްޕާސަން އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

“އެކްސް”ގައި ހަބީބް ކުރެއްވި ޕޯސްޓެއްގައި ބުނެފައިވާގޮތުން ފޯމު ހުށަހެޅި 11 މީހުންގެ ތެރެއިން 6 މީހުންނަކީ އަމިއްލަގޮތުން ކުރިމަތިލީ މީހުންނެވެ. ދެން ކުރިމަތިލާފައި ވަނީ އެމް.ޑީ.އޭގެ 3 މީހުންނާއި, ޕީއެންސީ 2 މީހުންނެވެ.

ހަބީބް ވަނީ މަޖިލީސް އިންތިހާބަށް ކުރިމަތިލާން ހުށަހެޅި 11 ފޯމުގެ ތެރެއިން ބަލައިގަތީ ދިހަ ފޯމުކަމަށް ވިދާޅުވެފަ އެވެ. އަދި އެތަނުން އެއް ފޯމު ބަލައިނުގަންނަކަމަށް ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އަންނަ މާޗުމަހުގެ 17 ވަނަ ދުވަހެވެ. މި އިންތިޚާބުގައި 608 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ