- Advertisement -ad image

ރާއްޖެ އެތެރެވާ ބިދޭސީންގެ މެޑިކަލް ހެދުމުގެ އުސޫލު އިފުތިތާހުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، އާ އުސޫލެއް މިއަދު ތައާރަފް ކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އުސޫލު ތަޢާރަފުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އެވެ.
މި އުސޫލުގެ މަޤްސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވާ ރާއްޖޭގައި ދިގުމުއްތަކަށް އުޅޭ އެންމެހައި ބިދޭސީންނަކީ ސިއްޙަތު ރަނގަޅު ދުޅަހެޔޮ އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުން ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.
މި އުޞޫލަށް މިހާރު ގެނެވުނު ބަދަލާއެކު ވަރކް ވިޒާގެ އިތުރުން ޑިޕެންޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ، ސްޓޫޑެންޓް ވިޒާ، ކޯޕަރޭޓް ރެސިޑެންޓް ވިޒާ އަދި މެރިޖް ވިޒާ (ހަދާ ފުރަތަމަ ފަހަރު) މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލްއެއް ހަދަން ޖެހޭނެއެވެ. އަދި މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ޤައުމުތަކުން ބިޒްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެއެވެ. މީގެ އިތުރުން މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.

މީގެ އިތުރުން، ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ޤައުމުތަކުގެ މީހުން ފައިލޭރިއާ އަށް ޓެސްޓްކުރުން މިއުސޫލަށް ވަނީ އިތުރުކޮށްފައެވެ. މިފަދަ މީހުން ޓެސްޓް ކުރުމަށްފަހު ޕޮސިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރެވޭނީ ފައިލޭރިއާއަށް ބޭސް ކެއުމަށްފަހުއެވެ.
ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ތެރެއިން ވަރކް ވިޒާގައި އަންނަ މީހުންނާއި، އަދި ޑިޕެންޑެންޓް ވިޒާ، ސްޓުޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ ކޯޕަރޭޓް ރެސިޑެންޓް ވިޒާގައި ތިބޭ ފަރާތްތަކުން ރާއްޖެ ފުރަތަމަ އަންނަ އިރު އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެއެވެ. އަދި ބިޒްނަސްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެއެވެ. މީގެ އިތުރުން މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.
މިއުސޫލުގެ ދަށުން ހަދާ މެޑިކަލްގައި ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކާއި ބަލަންޖެހޭ ކަންތައްތަކުގެ ތަފްޞީލް އުސޫލުގައި ވަނީ ހިމަނާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މިހާރުން މިހާރައްވެސް ހުޅުމާލެ ކެފޭތަކާ ހޮޓާ ތަކާ މާރުކޭޓް ގޮޅީ ތިބި މީހުން ބޭރު ކޮއްދެއްވާ. މަނިކުފާން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ