- Advertisement -ad image

ފ.އަތޮޅު ކައުންސިލާއި ފެލިދޫ ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ޕީއެންސީއަށް

ad image

ގުޅުންހުރި ލިޔުންތައް


ދެ ކައުންސިލެއްގެ ރައީސްގެ ގޮނޑި އާއި 1 ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ތެރެއިން 2 ގޮނޑި ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔައީ ފ.އަތޮޅު ކައުންސިލަށް ރައީސަކު ހޮވުމަށް ބޭއްވި ބައި- އިލެކްޝަނާއި، ވ. ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ އިތުރުން ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނެވެ.

އެގޮތުން، ފ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ހޮވުނީ ޕީއެންސީގެ ކެންޑިޑޭޓް ޙައްވާ ޢަބްދުލްޢަޒީޒެވެ. ހައްވާ ޢަބްދުލްޢަޒީޒަށް 750 ވޯޓު ލިބިފައިވާއިރު، އެމްޑީޕީން ވާދަކުރި ކެންޑިޑޭޓަށް ލިބުނީ 722 ވޯޓެވެ. ވ. ފެލިދޫ ކައުންސިލްގެ ރައީސަކަށް ހޮވުނީ ޕީއެންސީގެ ކެންޑިޑޭޓް ޙުސައިން ވިސާމެވެ. އޭނާއަށް ލިބުނީ 200 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް ޢަބްދުއްޝަކޫރު އިބްރާހީމެވެ. އޭނާއަށް ލިބުނީ 106 ވޯޓެވެ. ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޙައްވާ ޢަލީއެވެ. އޭނާއަށް 93 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 86 ވޯޓެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން މާލެއާއެކު، ޖުމްލަ 8 ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޖުމްލަ 11 ވޯޓު ފޮށި މި ބައި-އިލެކްޝަންތަކުގައި ވަނީ ބަހައްޓާފައެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8އިން ފެށިގެން، ހަވީރު 4 ޖެހުމާ ހަމައަށެވެ. އަދި 4:30ގައި ހުރިހާ ފޮއްޓެއް ބަންދުކޮށް، ވޯޓު ގުނަން ވަނީ ފަށާފައެވެ.

މި ބައި-އިލެކްޝަންތަކުގައި 5،574 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. މީގެ ތެރެއިން، ވޯޓު ލާފައިވަނީ 2،022 މީހުންނެވެ. އަދި މި ބައި-އިލެކްޝަންތަކުގައި ކޮންމެ ގޮނޑިއަކަށްވެސް 2 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ