- Advertisement -ad image

ތިލަމާލޭ ބްރިޖް މަސައްކަތުގެ 33.4 އިންސައްތަ ނިމިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ތިލަމާލޭ ބްރިޖް މަޝްރޫޢުގެ 33.4 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެވުޒާރާގެ އިސްވެރިން މިއަދުވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ.
އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތޯއާމް މިއަދު “އެކްސް” ގައި ވިދާޅުވީ ބްރިޖްގެ ޕައިލިންގ މަސައްކަތުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި އަދި މުޅި މަޝްރޫޢުގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި އަޅާބަލާއިރު 1.2 އިންސައްތަ ކުރީގައިކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މި މަޝްރޫޢު ކުރިއަށްދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅުއްވަމުން ގެންދަވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ