ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އިންތިހާބީ މަރުކަޒު ދަރުބާރު ގެއަށް ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވާ ޕީއެންސީގެ ޗެއަރމަން އަބްދުއްރަހީމް މިއަދު ފޯމު ހުށައަޅުއްވައިފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ޓިކެޓް އަބްދުއްރަހީމް އަށް ކަށަވަރުވެފައިވަނީ އެ ދާއިރާގެ ގޮނޑިއަށް އެހެން ފަރާތަކުން ޕާޓީގެ ފަރާތުން ވާދަކޮށްފައި ނުވާތީއެވެ.
އަބްދުއްރަހީމް މިއަދު ފޯމު ހުށަހަޅުއްވަން ދަރުބާރުގެއަށް ވަޑައިގަތްފައިވާއިރު، އޭނާއާއި އެކީ ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ތާއިދު ކުރާ ގިނަ ބަޔަކު ވަނީ ދަރުބާރުގެއަށް ގޮސްފައެވެ.
އަބްދުއްރަހީމްގެ ފޯމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ހަވާލުވެވަޑައިގަތީ އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުއެވެ.
އަބްދުއްރަހީމް ވަނީ މީގެ ކުރިންވެސް ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ގިނަ ހިދުމަތްތަކެއް އެދާއިރާގެ ރަށްތަކަށް ކޮށްދެއްވާފައެވެ.