- Advertisement -ad image

ފައިލޭރިއާ އަށް ޓެސްޓު ކުރުމުގެ ޕްރޮގްރާމެއް އަންނަ ހުކުރުން ފެށިގެން ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް

ފައިލޭރިއާއަށް ސްކްރީން ކުރަން އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޕްރޮގްރާމް އަކީ ދިވެހި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި ހިންގުމަށް ރޭވިފައިވާ ސްކްރީނިން ޕްރޮގްރާމެއްކަމަށެވެ.

ރެޑް ކްރެސެންޓާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު އަދި ކައުންސިލްތައް ގުޅިގެން މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ބައެއް ރިސޯޓުތަކާއި ސިނާއި މަސައްކަތްކުރާ ރަށްރަށުގައި ސްކްރީނިން ގެންދަން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން މި ޕްރްގްރާމްގައި ބައިވެރިވެވޭނީ ކޮންމެ ރަށަކުން ވެސް ގުރުއަތުން ހޮވާލެވޭ 18 އަހަރުންމަތީގެ ދިވެހިންނާއި ބިދޭސީންކަމަށް އެ އެޖެންސީ ވަނީ ބުނެފައެވެ. މީގެ އިތުރުން މި ޓެސްޓުތައް ކުރެވޭނީ ލޭ ނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބެނުންކޮށްގެން ކަމަށްވެސް ބަޔާނުގައިވެއެވެ.

ޓީމުތަކުން އެ ގޭގެއަށް އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ދޭތެރޭގެ ވަގުތެއްގައި ޒިޔާރަތްކޮށް ސާމްޕަލް ނަގާނެ އެވެ.

އަދި މި ޓެސްޓް ހެދުމަށް ފަހު ފައްސިވާ ފަރާތްތަކަށް ފައިލެރިއާގެ ފަރުވާގޮތުގައި ބެނުންންކުރާ ބޭސް ސިއްހީ ހިދުމަތްތެރިއެއްގެ ބެލުމުގެ ދަށުން ދެވޭނެ ކަމާއި، އަދި އެ ބޭހަކީ އެއްފަހަރު ކާންޖެހޭ ބޭހެއްކަމާއި ފައްސިވާ ފަރާތްތަކުން އެ ބޭސް ކެއުމުން ބައްޔައް ފަރުވާކުރެވުމާއެކު އެހެންމީހުންނަށް މިބަލި ފެތުރުންވެސް ހުއްޓުވޭނެކަމަށް ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން 700 އެއްހާ މީހުން ޓެސްޓުކުރިއިރު، އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކުރެވެނީ 32 މީހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ