ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ވިލިނގިލި ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޔަޒްމީދު މުހައްމަދު ފޯމް ހުށަހަޅައިފި.
އިންތިޚާބީ މައިމަރުކަޒު ދަރުބާރުގޭގައި މިއަދު ކުރިއަށްގެންދިޔަ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ ޔަޒްމީދު ފޯމް ހުށަހަޅާފައިވަނީ 100 އަށް ވުރެ ގިނަ ސަޕޯޓަރުންނާއެކުގަ އެވެ.
ޔަޒްމީދުގެ ފޯމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ހަވާލުވެވަޑައިގަތީ އެކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބުއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ޔަޒްމީދު މުހައްމަދު ވިލިނގިލި ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ 577ވޯޓާއެކު އެވެ. އެދާއިރާއަށް ވާދަކުރެއްވި 4 ކެނޑިޑޭޓުންނާއި ވާދަކޮށް ޔަޒްމީދު ޓިކެޓް ކަށަވަރު ކުރުމާއެކު މި ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި ސަރުކާރުން ވަނީ ދިފައެވެ.
މިއަދުގެ އިރުއޮއްސުމާއި ހަމައަށް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް 68 ކެންޑިޑޭޓުންވަނީ އިލެކްޝަނަށް ފޯމު ހުށަހަޅުއްވާފައެވެ.
ޕްރައިމަރީގައި ވާދަކޮށް ބަލިވި ކެންޑިޑޭޓަކު މިހާރު އަމިއްލަ ގޮތުން ވާދަކުރަން ނިންމައި ބަލިވި ހުރިހާ ކެންޑިޑޭޓުން އޭނަގެ ފަހަތަށް އަރައިފި
މިއަދު އެބަކިޔާ އަމިއްލަ ގޮތުން ވާދަކުރަންނިންމި ކެންޑިޑޭޓަށް ސަރުކާރުން އެއްބާރުލުން ދޭން ނިންމާފިޔޭ
ދެންކޮބާ ޔާމީންގެ ކެންޑިޑޭޓް .ކޮބާ ޔާމީންގެ ސަޕޯޓަރުން މަގުމަތީގަ ހޭރުނު މީހުންނާ ޔާމީންގެ ނަށާ ގުރޫޕް