- Advertisement -ad image

ފެލިދޫ ދާއިރާގެ ސަރުކާރު ކެންޑިޑޭޓް އާދަމް ޒާހިރު ފޯމު ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


ވ ފެލިދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް އާދަމް ޒާހިރު ކެންޑިޑެސީ ފޯމް ހުށަހަޅައިފިއެވެ.
ފެލިދޫ ދާއިރާގައި ހިމެނެނީ ފެލިދޫ، ފުލިދޫ އަދި ތިނަދޫ އެވެ.

އިންތިޚާބީ މައިމަރުކަޒު ދަރުބާރުގޭގައި މިއަދު ކުރިއަށްގެންދިޔަ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކޮށްފައިވާ އާދަމް ފޯމް ހުށަހަޅާފައިވަނީ ސަޕޯޓަރުންނާއެކުގައި ގޮހެވެ.

އާދަމް ޒާހިރުގެ ފޯމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ހަވާލުވެވަޑައިގަތީ އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީގެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އާދަމް ޒާހިރު ފެލިދޫ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރީ 213 ވޯޓުންނެވެ. އެދާއިރާއަށް ވާދަކުރި ކެނޑިޑޭޓާއި ވާދަކޮށް އާދަމް ޓިކެޓް ކަށަވަރު ކުރުމާއެކު މި ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި ސަރުކާރުން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ