- Advertisement -ad image

އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ދުބާއީގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ ފޯރަމްގައި ބައިވެރިވެވަޑައިގެންފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ މަގުސަދުގައި ބާއްވާ މި ފޯރަމަކީ ދިވެހިރާއްޖޭގައި ހުރި ތަފާތު އިންވެސްޓްމަންޓް ފުރުޞަތުތައް ދައްކުވައިދޭ ފޯރަމެކެވެ.

މި ފޯރަމަކީ އިންވެސްޓް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގުޅިގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި، ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގެ އިތުރުން، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ޚާއްޞަ ފުރުޞަތުތައް ދައްކާލުމަށް ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުން އޮތެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުވެރި ޢަރަބި އިމާރާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މި މަހުގެ 12 އިން 14 އަށް ބާއްވާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ