- Advertisement -ad image

ވޯޓުލާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭތީ އަލުން ރަޖިސްޓަރީ ވާން އެއް ދުވަސް ދީފި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓު އިލެކްޝަން (އީސީ) ކޮމިޝަނުން އާންމުކޮށްފި އެވެ.

އީސީއިން މިއަދު ކުރި އިއުލާންގައި ވަނީ މި ފަރާތްތަކުން އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފަ އެވެ.

އެގޮތުން އީސީ އިން ބުނީ މި ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި  ލިސްޓު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށް އިއުލާންގައި ވަނީ ބުނެފަ އެވެ.

އީސީ އިން އިތުރަށް ބުނިގޮތުގައި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނިކަމަށާއި، މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެކަމަށްވެސް އެ ކޮމިޝަނުގެ އިއުލާންގައި ބުނެފައި ވެއެވެ.

މީގެއިތުރުން މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ ލިސްޓުގައި ވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާނީ މިހާރުވެސް ރަޖިސްޓަރީވެފައިވާ ތަނަށް ކަމަށް އީސީއިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ