މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅާފައިވާ ފަރާތަކުން ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހު ވަގުތަކީ ހުކުރު ދުވަހުގެ މެންދުރުފަހު ދެއެއް ޖެހުމާ ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށެޙުޅުމަށް ދިން ވަގުތު ހަމަވީ 14 ފެބުރުއަރީވީ ބުދަ ދުވަހުގެ މެންދުރު ދެއަކާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި 20 ވަނަ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަނަށް ފޯމް ހުށަހެޅީ 381 ކެންޑިޑޭޓުންނެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން އެދި އިލެކްޝަންސް ކޮމިޝަނަށް ނަން ހުށަހަޅާފައިވާ މީހަކު، ކެންޑިޑޭޓުންގެ ނަންތައް އިޢުލާންކުރުމުގެ ކުރިން ކޮންމެ ވަގުތަކުވެސް އެމީހެއްގެ ނަން އެ އިންތިޚާބަކުން އަނބުރާ ގެންދިޔުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވާ ކަމަށެވެ.
” މިވަގުތު އޮތީ އަންނަ ހުކުރު ދުވަހު މެންދުރުފަހު 2:00 އާ ހަމަޔަށް “ ހަބީބް ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރަންޖެހެއެވެ.