މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކާރާއި ހީލަތުން މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މަކަރާ ހީލަތުން 400 ޑޮލަރު ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އެގޮތުން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ޢަބްދުﷲ މުޙައްމަދު، ކ. މާލެ / މއ. ކެދިފަށުވިގެ އަދި އިސްމާޢީލް ޝިމާމް، ކ. މާލެ / މއ. ޑޯރެންސީވިލާ އެވެ.
މި ދެމީހުން ވެސް ފުލުހަށް ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށެވެ.
މި ދެމީހުންވެސް ހާޒިރުވާންޖެހެނީ މ. މުލީ ޕޮލިސް ސްޓޭޝަނަށް، 2024 ފެބްރުއަރީ 24 ވަނަ ދުވަހުގެ 10:00އަށެވެ.