- Advertisement -ad image

ޑިންގީއެއްގައި މަސްބާނަން ހުރި މީހެއްގެ އަތުގައި މިޔަރެއް ދަތްއަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


ޑިންގީއެއްގައި ހުރެ މަސްބާނަމުން ދިޔަ މީހެއްގެ އަތުގައި މިޔަރެއް ދަތްއަޅައި ޒަހަމްކޮށްލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ދޮށި އުކައިގެން މަސްވެރިކަން ކުރަމުން ދަނިކޮށް މިޔަރެއް ދަތް އެޅުމުގެ ސަބަބުން ހާލު ދެރަވި މީހަކު ޞިއްޙީ އަވަސް ފަރުވާއަށް ގެންގޮސްދިނުމަށް އެދުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަން ކުރަމުންދިޔަ “ރިހިވެލި” ނަމަކަށް ކިޔާ ޑިންގީ ލޯންޗެއްގައި ހުރި ފަޅުވެރިއެއް ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އެޅުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި، ޒަޚަމްވެ ހާލު ދެރަވި މީހާއަށް ޞިއްޙީ އަވަސް ފަރުވާ ބޭނުންވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރޭ 18:55 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
މި މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާސް “033 ލޯންޗު” ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސް، ރޭގެ 19:42 ހާއިރު ހާލުދެރަވި ފަޅުވެރިޔާ، ރ.އުނގޫފާރަށް ގެންގޮސްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ