- Advertisement -ad image

20 ވަނަ މަޖިލިސް: 4 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔަ

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފޯމު ހުށަހެޅި 381 ކެންޑިޑޭޓުންގެ ތެރެއިން 9 ކެންޑިޑޭޓުންގެ ފޯމު ޝަރުތު ހަމަނުވާތީ ބާތިލުކޮށްފައިވާ ކަމަށާއި، އަދި ހަތަރު ކެންޑިޑޭޓުން ނަން އަނބުރާ ނަންގަވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ހާމަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސްް އިސްމާއިލް ހަބީބް “އެކްސް”ގައި ވިދާޅުވީ، މިހާރު މަޖިލިސް އިންތިޚާބުގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދަކީ 368 ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 327 ފިރިހެން ކެންޑިޑޭޓުންނާއި 41 އަންހެން ކެންޑިޑޭޓުނެވެ.

އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބަށް ވުރެ މި އިންތިޚާބުގައި ދާއިރާތައް ގިނައެވެ. ނަމަވެސް މި އަހަރުގެ އިންތިޚާބަށް ކުރިމަތި ލާފައިވަނީ 2019ވަނަ އަހަރުގެ އިންތިޚާބަށް ކުރިމަތި ލީ ވަރަށް ވުރެ މަދު ކެންޑިޑޭޓުންނެވެ.

މިއަހަރުގެ އިންތިޙާބަށް އެންމެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވަނީ އަމިއްލަ ގޮތުންނެވެ. ޕާޓީތަކުންނާއި އަދި އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކުގެ އަދަދުތައް ކަމުގައި އީސީއިން ހާމަކޮށްފައިވަނީ

އެމްޑީޕީ: އަންހެން 6, ފިރިހެން 84، ޖުމްލަ 90

ޕީއެންސީ: އަންހެން 2, ފިރިހެން 87، ޖުމްލަ 89

ޑިމޮކްރެޓްސް: އަންހެން 12, ފިރިހެން 27, ޖުމްލަ 39

ޖޭޕީ: އަންހެން 2, ފިރިހެން 8, ޖުމްލަ 10

އަދާލަތު: ފިރިހެން 4, ޖުމްލަ 4

އެމްޑީއޭ: ފިރިހެން 4, ޖުމްލަ 4

އެމްއެންޕީ: ފިރިހެން 2, ޖުމްލަ 2

އަމިއްލަގޮތުން: އަންހެން 20, ފިރިހެން 110, ޖުމްލަ 130

މަޖިލިސް އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ. އެދުވަސް ރޯދަ މަހުގެ ދުވަހަކާ ދިމާވާތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނަސް ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ