Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

މާވަރުލު-ގައްދޫ އެއާޕޯޓު ބުރިޖަކުން ގުޅުވާލަދޭނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ގދ. ގައްދޫ އާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މާވަރުލު އެއާޕޯޓު އެއްގަމު މަގުން ގުޅާލަދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ހަތަރު އަތޮޅަކަށް މިދިޔަ އާދިއްތަ ދުވަހު، ރައީސް ޑރ. މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ގދ. ގައްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ގައްދޫގެ ތަރައްގީ އަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއްގެ އަމަލީ ސިފަ އައިސް، އެކަންކަން ހަގީގަތަކަށް ހަދައި ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

“އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދީ، އަދި އެ އެއާޕޯޓާއި މި ރަށް (ގައްދޫ)އާ އެއްގަމުން ގުޅާލަދޭނެ ވާހަކަދަންނަވަން. އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައްދޫގައި ކުރަން ހުރި އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ބިން ހިއްކުމާއި ހޮސްޕިޓަލް އިމާރާތް ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެގޮތުން ގައްދޫގެ ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް އަވަހަށް ފައްޓަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ބިން ހިއްކުމަކީ ރަށުގެ ތަރައްގީ އަށާއި ގެދޮރު އިމާރާތް ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ އެކަމަށް ހަގީގީ ސިފައެއް ގެނެސް ދެއްވާނެ ކަމަށެވެ.

“އެހެންވީމަ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާވަރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ.

ރައީސް ވިދާޅުވީ އަތޮޅަށް ބޭނުންވާ ރިސޯޓުތައް ތަރައްގީ ކުރުމަކީ ވެސް ސަރުކާރުން ކުރާނެ މަސައްކަތެއް ކަމަށެވެ. އޭގެ ސަބަބުން އިތުރު ފްލައިޓުތައް ގިނަ ކުރެވި، ރައްޔިތުންނަށް ބޭނުންވާ ގޮތަށް މިހާރަށް ވުރެ ރަނގަޅު އެއާޕޯޓަކަށް މާވަރުލު އެއާޕޯޓު ބަދަލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ