- Advertisement -ad image

ރާއްޖޭގެ ހަތަރު ރަށެއްގައި ދަނާލު އަޅަނީ

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލު އަޅަން ނިންމައިފި އެވެ.

އެ މަޝްރޫއު އިއްޔެ އިފުތިތާޙްކޮށް ދެއްވީ، ރ. ދުވާފަރުގައި ދަނާލު އަޅަން ހަމަޖެއްސި ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.

މި ސަރުކާރުން ދަނާލު އަޅަން ނިންމީ ރ. ދުވާފަރުގެ އިތުރުން އެ އަތޮޅު ހުޅުދުއްފާރާއި ގއ. ވިލިނގިލީގެ އިތުރުން ފުވައްމުލަކުގަ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދުވާފަރުގައި އިމާރާތްކުރާ ދަނާލުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށާއި އެތަނުގެ ކޮންސެޕްޓް މިހާރު ރިވިޔު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން ބުނީ ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާ އެކީ އަގުހެޔޮކޮށް ތިބެވޭނެ ފުރުޞަތު ފަހިވެގެން ދާނެ އެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ގައުމީ ޔުނިވަސިޓީގެ ދަނާލުތައް ހުރެ އެވެ. އޭގެ ތެރޭގައި އައްޑޫ ވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ