- Advertisement -ad image

ބިންވެރިޔާ ސްކީމް: މިހާތަނަށް 8،250 މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަނަށް 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ސްކީމްގެ ދަށުން ގޯތި 9،000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. އެ ގޯތިތައް ދޫކުރަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ.

އެ މަސައްކަތުގެ ދަށުން މިހާތަނަށް ކުރިއަށް ގޮސްފައިވާ މަސައްކަތުގެ ތަފުސީލު މީޑިއާއާ ހިއްސާކޮށް، ހައުސިން މިނިސްޓްރީން ބުނީ 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާއިރު ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ 118 މީހަކާ ކަމަށެވެ.

އަދި ބިން ލިބިފައިވާކަމުގެ ލިޔުން ހަވާލު ނުކުރާ ފަރާތްތަކުގެ އަދަދަކީ 303އެވެ. އެޕްލިކަންޓް/ އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާތީ ސޮއި ނުކުރެވި ހުރި ފަރާތްތަކުގެ އަދަދު 16 އަށް އަރާއިިރު، އެޕްލިކަންޓް/ އެޕްލިކަންޓުން ނިޔާވުމުގެ ސަބަބުން ސޮއި ނުކުރެވި ހުރި ފަރާތްތަކުގެ އަދަދު 12 އަށް އަރައެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ބިން ލިބިފައިވާ މީހުންގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހަކާ އެކު އެއްބަސްވުމުގައި ސޮއެއް ނުކުރެވެ އެވެ. އެކަަމަކު، އެއީ ކޮން ސަބަބުތަކެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އެ ވުޒާރައިން ވިދާޅުވީ، މީގެ ތެރެއިން ގިނަ ފަރާތްތަކަށް ސޮއި ކުރުމަށް ދެވަނަ ފުރުސަތެއް ދެވިފައިވާ ކަަމަށެވެ.

އެ ސްކީމުގެ ދަށުން ދޫކުރި ބިންތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ނުކުރެވި ވާ މީހުންނަށް، އެ ހަވާލު ކުރުމަށް ކުރުމަށް ގުޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ގުޅާނީ 4004994 އާއި 4004797 އިން ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ