- Advertisement -ad image

ސްޓެލްކޯގެ ބޯޑު ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ރަށެއްގައި ބާއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ކ. ހިންމަފުށީގައި މިއަދު ބާއްވައިފިއެވެ.
ހިންމަފުށީ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށުގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި، ރަށުގެ އިސް ވެރިންނާއި ބައްދަލުކުރެއްވުމަށް ސްޓެލްކޯގެ އިސްވެރިން އެ ރަށަށް ކުރެއްވި ބައްދަލުވުމުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކ. ހިންމަފުށީ އިންޖީނުގޭ އޮފީހުގައެވެ.
މިއީ ސްޓެލްކޯގެ ތާރީޚުގައި ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ސްޓެލްކޯ ހެޑް އޮފީހުން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އާއި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ