- Advertisement -ad image

ކެނޑިޑޭޓުންނަށް އިތުބާރު ނެތުމުން، މަޖިލީހަށް ހޮވިއްޖެނަމަ އެމްޑީޕީން ވަކިނުވާނެ ކަމަށް ހުވާ ކުރުވައިފި

ad image

ގުޅުންހުރި ލިޔުންތައް


މާރިޗު މަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުން ޕާޓީ ބަދަލު ނުކުރަން ހުވާކުރުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުން ލައްވާ ހުވާ ކުރުވާފައިވަނީ ރޭ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައެވެ. މެމްބަރުންނަށް އެ ހުވާލައިދިނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއެވެ.
އެގޮތުން ކެނޑިޑޭޓުންނަށް އިތުބާރު ނުކުރެވޭތީ ކުރުވި މިހުވާގައި، މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށާއި، ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި، ޕާލަމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިގުރާރުވެ މާތްﷲ ގަންދީ ހުވާ ކުރުވިއެވެ.
އެމްޑީޕީ މެންބަރުން މިގޮތަށް ހުވާކުރުވާފައި މިވަނީ ސަރުކާރު ބަދަލުވުމާއެކު ހިނގަމުން މިދާ 19 ވަނަ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 13 މެންބަރަކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީ އާއި ގުޅިފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ