- Advertisement -ad image

މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމުގައެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކުރިއަށް ގެންދަވާކަމަށާއި އަދި މަގުތައް ހެދުމާއި ހޮސްޕިޓަލްގެ މަސައްކަތާއި، އިންޑޯ އައުޓްޑޯ ކުޅިވަރު ކުޅޭ ކޮމްޕްލެކްސް ހެދުމާއި، މީގެ އިތުރުން ހައުސިންގ ދާއިރާއިން ހުރި ވަޢުދުތައް ހިމެނޭހެން ހުރިހާ ވަޢުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިހުރިހާ ކަމެއް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް މަގު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ