- Advertisement -ad image

ޝަހީމް އިމާމްވެ ތަރާވީޙު ނަމާދު ކުރައްވާނީ ހުޅުމާލެ ރަޝީދު މިސްކިތުގައި

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް މި ރޯދަ މަހުވެސް އިމާމްވެ ތަރާވީހް ނަމާދުކުރައްވާނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިޔާގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވަނީ މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް މިރޯދަ މަހުވެސް ތަރާވީހް ނަމާދުކުރައްވާނީ ހުޅުމާލޭގައި ހުންނަ ރަޝީދު މިސްކިތުގައިކަމަށް ވިދާޅުވެފަ އެވެ.

އަދި މީގެއިތުރުން ދަމު ނަމާދު އިސްލާމީ މަރުކަޒުގައި ކުރައްވާނެކަމަށް ވެސް މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ ޝަހީމް މީގެކުރިން ރޯދަ މަސްތަކުގައި ވަނީ އިސްލާމީ މަރުކަޒުގައިވެސް އިމާމްވެ ދަމު ނަމާދު ކުރައްވާފަ އެވެ. އަދި 2021 ވަނަ އަހަރުއެމަނިކުފާނު ވަނީ ހުޅުމާލޭގައި ދިރިއުޅުއްވާ ގެއާ ކައިރިގައި ހަދާފައިވާ “ދިގަލި މިސްކިތް” ގައި ވެސް އިމާމުވެ ތަރާވީހު ނަމާދު ކުރައްވާފައެވެ.

މިނިސްޓަރ ޝަމީމަކީ ރާއްޖޭގައި ރީތިކޮށް ކީރިތި ގުރުއާން ކިޔަވާ ބޭފުޅުން ތެރޭގައި ފާހަގަކޮށްލެވޭ އެއް ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ