- Advertisement -ad image

ބަންޑާރަނައިބުގެ ލަފާފުޅާއެކު އިންތިހާބު ލަސްކުރާ ބިލު ރައީސް ތަސްދީގުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު: 2008/11 )އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މިއަދު މި ބިލް ތަޞްދީޤުކުރައްވައިފިއެވެ.

ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.ކެނދިކުޅުދޫގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލް ތަޞްދީޤުކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާކަމަށާ، ބަންޑާރަ ނާއިބު ދެއްވަވާ ލަފާފުޅަކާ އެއްގޮތަށް ޢަމަލުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެއާ މިއަދު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައިވެސް، އަބަދުވެސް ޤާނޫނުއަސާސީ ނަގަހައްޓަވާނެކަމަށާ، ކޮންމެ ކަމެއްވެސް ކުރައްވާނީ ޤާނޫނުއަސާސީއާ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީންކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ވަނީ ދެއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ