ރަމަޟާންމަހަކީ ސުންނަތާއި އެއްގޮތަށް ކެއުމުގެ އާދަތައް ހިފަން ވަރަށް މުހިންމު މައްސަރެއް ކަމަށް ޑރ އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ޑރ ޝަމީމް މިހެން ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރޭ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ “މަރުހަބާ ރަމަޟާން” ދަރުސްގައެވެ.
ޑރ ޝަމީމް ވިދާޅުވީ މިއަދުގެ އިލްމީ ދިރާސާތަކުން އެނގޭ ގޮތުގައި އިންސާނާގެ ބަލިމަޑުކަމުގެ އެންމެ ބޮޑު ސަބަބަކީ އޭނާގެ ބަނޑު ކާބޯތަކެތި އަދި ކެންސަރ މި ނުރައްކާތެރި ބަލިޖެހުމުގެވެސް މައިގަނޑު ސަބަބެއް ކަމުގައި ކެއުމާއި ބުއިމުގައި ވިޔާނުދާވުން ކަމަށެވެ.
“ ރަމަޟާން މަހުގެ ދުވަސްތަކުގައި ބަނޑުހައި ނުވަނީސް ނުކާން އަބަދާ އަބަދު ކެއުމުގެ ބަދަލުގައި ދެއިރަކަށް ކެއުން ބަދަލުކޮށްލަން ތިން އިރަކަށް ކެއުން ބަދަލުކޮށްލަން ތިންބައިކޮށްފައި އެއްބަޔަށްވުރެ ގިނައިން ނުކެއުން ނުވަތަ އެއަށްވުރެ މަދުން ކެއުން “ ޑރ ޝަމީމް ވިދާޅުވިއެވެ.
ޝަމީމު އިތުރަށް ވިދާޅުވީ ކެއުމާއި ބުއިމުގައި ސުންނަތާއި ހިލާފުވުން އެ ޝަހުވަތު ކޮންޓްރޯލްނުކުރުން ހިމެނޭ ކަމަށެވެ. އެހެންވެ ރޯދައިގެ އިލްމީ ފައިދާތައް ރޯދައިގެ ސިއްހީ ފައިދާތަކުގެ ތެރޭގައި ހުރިހާ އިލްމްވެރިން އެއްބަސްވާ ކަމަކީ ރޯދަ ހިފުމުގެ ސަބަބުން މީހާގެ ނަފުސާނިއްޔަތު ވަރުގަދަވުން ކަމަށް ޝަމީމް ވިދާޅުވިއެވެ.
މި ދަރުސްގައި ޝަމީމް އިތުރަށް ވިދާޅުވީ މުއުމިނުންގެ މައްޗަށް މުސްލިމުންގެ މައްޗަށް މިއަދު އެންމެ މުހިންމު ކަމަކީ ބަރަކާތްތެރި ރަމަޟާންމަސް އަންނާތީ ރަނގަޅު އަޒުމެއް ވަރަށް ރަނގަޅު ތެދުވެރި އިހުލާސްތެރި ގަސްތެއް ރަނގަޅު ނިޔަތަކުން ނިޔަތް ގަތުން ކަމަށެވެ.