- Advertisement -ad image

މި ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ރައްޔިތުންނާއިމެދު އިހުލާސްތެރި ސަރުކާރެއް: ފަހުމީ

ad image

ގުޅުންހުރި ލިޔުންތައް


މި ސަރުކާރަކީ ރައްޔިތުންގެ އިޙުސާސްތައް ރަނގަޅަށް ދަންނަ، އަދި އެ ރައްޔިތުންނާއި މެދު އިޚުލާސްތެރި ސަރުކާރެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކުރިއަށް މިއޮތް ރޯދަ މަހު ފެނާއި ކަރަންޓް ބިލް ބޮޑުނުވާ ގޮތަށް ކެޕް ކުރަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
މިކަމާ ގުޅިގެން ފަހުމީ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެރާއްޖޭގެ ތަފާތަކީ މިއީ ކަމަށާއި މިކަންކަމުން އެނގި ހާމަވެގެން މިދަނީ މި ސަރުކާރަކީ ރައްޔިތުންގެ އިޙުސާސްތައް ރަނގަޅަށް ދަންނަ، އަދި އެ ރައްޔިތުންނާއި މެދު އިޚުލާސްތެރި ސަރުކާރެއްކަން ކަމަށެވެ.
“ ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަދި ޝަކުވާއަކަށް ވެގެންދިޔަ ކަރަންޓާއި ފެނުގެ ބިލު ބޮޑުވުމުގެ މައްސަލައަށް އަމިއްލައަށް އިސްނަންގަވައިގެން ރައީސުލްޖުމްހޫރިއްޔާ ⁦‪‬⁩ ޙައްލު ހޯއްދަވައިދެއްވިކަމީ އެމަނިކުފާނުގެ އޯގާތެރިކަމާއި، ރައްޔިތުންގެ ޝުޢޫރަށް އިޚުތިރާމް ކުރައްވާ މިންވަރު ހާމަވެގެންދާ ކަމެއް” ފަހުމީ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާ ޚިދުމަތްތެރިއެއް ކަމަށާއި ރައީސްގެ މި ހަރުދަނާ ވިސްނުންފުޅުތަކާއި އެކު ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދެމުން އަންނަ ރަށްތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ޗާޖް އަންނަ މަހުން ފެށިގެން ނެގުން ހުއްޓާލެވޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ރައްޔިތުންގެ ލާބައަށް ރައީސް ޑރ މުއިއްޒު މި ނިންމެވި ނިންމުން ތަންފީޒުކުރާނީ އުފަލާއި އިޚުލާސްތެރިކަމާއިއެކު ކަމަށްވެސް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ