- Advertisement -ad image

ތިނަދޫގެ ބަނދަރު ތަރައްޤީކޮށް، ކުނި މެނޭޖުކުރެވޭނެ ނިޒާމު ރަނގަޅުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ތިނަދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ކުނި މެނޭޖުކުރެވޭނެ ގޮތެއް އަދި ކުނި ކޮށްޓެއް ތިނަދޫ ރައްޔިތުންނަށް ވަރަށް މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށް ގިރުމުގެ މައްސަލައާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ފެނާ ނަރުދަމާގެ މަޝްރޫޢު ނިންމުމުގާހުރި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ތިނަދޫ ޞިއްޙީ މަރުކަޒުގައި ހުރި ދަތިކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރުގެ ކަންކަން ކުރުމަށް އީ.އައި.އޭ ހެދުމަށްފަހު އެ މަސައްކަތް ފެށުމަށް ރާއްވަވާނޭ ކަމަށެވެ. އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ