- Advertisement -ad image

މާފުށީ ކައުންސިލުން އެދުނީ ވީ އެންމެ އަވަހަކަށް ހިއްކި ބިމުގައި މިސްކިތެއް ހަދައިދިނުމަށް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މާލެއަތޮޅު މާފުށީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި މާފުށީގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މާފުށީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މާފުށީގެ މަގުތައް ހެދުމަށް ބޭނުންވާކަމަށާއި، ހޮސްޕިޓަލްގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި މާފުށީ ޖަލުގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް ހަރުދަނާކޮށްދެއްވުމަށާއި، ރަށުގެ ނަރުދަމާ ނިޒާމު ރަނގަޅުކޮށްދެއްވުމަށާއި، ސުކޫލަށް އިތުރުކުރާ އިމާރާތް އަވަހަށް ނިންމަވައި ދެއްވުމަށާއި، ޑޮލަރު އޭ.ޓީ.އެމް ގެ ޚިދުމަތް ބޭނުންވާކަމަށާއި، ވީ އެންމެ އަވަހަކަށް ހިއްކި ބިމުގައި މިސްކިތެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މާފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެ ކޮމިޓީގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އ.ތ.މ ކޮމިޓީއަށް ލިބޭ އިނާޔަތް ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. އަދި މާފުށީގެ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. މީގެ އިތުރުން ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ